މުޙައްމަދު ޝިހާބު
މުޙައްމަދު ޝިހާބު އުފަންވީ 17 މެއި 1966 މ. ގައި އައްޑުއަތޮޅު ހިތަދޫގައެވެ. ބައްޕައަކީ ސ. ހިތަދޫ، ސްޓާރލިންގ، އަލީ ޝިހާބު (މުދިން ތުއްތީދީގެ އަލިދީދީ) އެވެ. މަންމައަކީ އައިމިނަތު ދީދީ އެވެ. އަލީ ޝިހާބާއި އައިމިނަތު ދީދީ ގެ ތިބެނީ ދެފިރިހެން ކުދިންނެވެ. އެއީ އިބްރާހިމް ޝިހާބު އަދި މުޙައްމަދު ޝިހާބު އެވެ. އައިމިނަތު ދީދީ ވަނީ މުޙައްމަދު ޝިހާބުގެ އުމުރުން 1/2 1 އަހަރުގައި ނިޔާވެފައެވެ.
ޝިހާބު ގެ ތުއްތު އުމުރުގައި މަންމަ ނިޔާވުމާއި ގުޅިގެން، ޝިހާބުމެން ދެބެން ގެންގުޅެ ބެލީ އެދެބެންގެ ބޮޑުބޭބެ (މުޙައްމަދު ދީދީ) އާއި ބޮޑުދައިތަ (ކަތްދާދީދީ) އާއި ދެމީހުންނެވެ. އެއީ ޝިހާބުމެންގެ ބޮނޑުބައްޕާ އާއި އަމާ އެވެ. އުމުރުން 10 އަހަރުފުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން، ތައުލީމު ހާސިލުކުރުމަށްޓަކައި ދެބެން މާލެގެނެސް، އިންޑިޔާއަށް ފޮނުވުމަށް ސަރުކާރުގެ ހުއްދަ ނުލިބުމާއި ގުޅިގެން ކިޔެވުމަށް މާލޭގައި ބޭތިއްބިއެވެ. އެދުވަސްވަރަކީ އިންޑިޔާގައި އިމަރޖެންސީ ހިންގާފައިއޮތް ދުވަސްވަރެކެވެ.
ޝިހާބުމެން ފުރަތަމަ މާލޭގައި ބޭތިއްބީ ގ. ގްރީންލިން ގައެވެ. ފަހުން މުޙައްމަދު ޝިހާބު ކިޔަވަން ބެހެއްޓީ މަރްޙޫމް މަންދު ޢަބްދުﷲ ވަޙީދު އާއި ރަޙްމާ އަޙުމަދު ގެ ބެލުމުގެ ދަށުގައި މ. ބާންސާގޭ ގައެވެ. މުޙައްމަދު ޝިހާބު ފުރަތަމަ ކިޔަވަންދިޔައީ އީޕީއެސް ސްކޫލަށެވެ. އަދި 1979 ގައި މަޖީދިއްޔާ ސްކޫލަށް ވަދެވުނެވެ. 1984 ގެ ޖީސީއީ އޯލެވެސް އިމްތިހާނު ނިމިގެން ޝިހާބު ސަރުކާރުގެ ޚިދުމަތް ފެށީ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓްރެއިނީ ހެޑްމާސްޓަރެއްގެ ގޮތުގައި އެމަރުކަޒުގެ އޭރުގެ ހެޑްމާސްޓަރ އަލްފާޟިލް އަޙުމަދު އަންވަރު އަރިހުގައެވެ.
1985 އަދި 1986 ވަނަ އަހަރު، ހެޑްމާސްޓަރ ޓްރެއިނިންގ ޕްރޮގްރާމް ގެ ދަށުން މެލޭޝިޔާގެ ލެންގްއެޖް އިންސްޓިޓިއުޓު ގައި ސެޓްފިކެޓް އިން އެޑިއެކޭޝަން ކޯހަކާއި ޔުނިވަރސިޓީ ޕަރްތާނިޔާން މެލޭޝިޔާ ގައި ކޮމިއުނިޓީ އެންޑް އެކްސްޓެންޝަން އެޑިޔުކޭޝަން ކޯހަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ސްޓާފް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ސްކޫލްމެނޭޖްމަންޓް ކޯހެއް ފުރިހަމަކުރުމަށްފަހު، 1987 ވަނަ އަހަރު ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރެއްގެ ވަޒީފާއަށް ޝިހާބު ނިކުތެވެ. އަދި އޭގެ 6 އަހަރު ފަހުން މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ވަޒީފާގައި އަހަރު ދުވަހު ހުރުމަށް ފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަޒީފާޔަށް ނިކުތެވެ.
2 އޮގަސްޓް 1988 މ. ގައި މުޙައްމަދު ޝިހާބު އާއި ޅ. ހިންނަވަރު، ސާހިލް، ޢައިޝަތު މުޙައްމަދު ވަނީ ކައިވެނީގެ ގޮތުން ގުޅި، ޒަވާޖީ ހަޔާތެއް ފަށާފައެވެ. ޝިހާބު އާއި އައިސްތުގެ ފުރަތަމަ ދަރިފުޅު އަޙުމަދު މުޙައްމަދު ޝިހާބު އުފަންވީ 19 އޮކްޓޫބަރު 1989 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 5:10 ގައި ޅ. ހިންނަވަރު ޗިޗަންޑާ ގޭގައެވެ. މަރިޔަމް އަލްމާސް ޝިހާބު ދުނިޔޭގެ އަލިކަން ދުށީ 8 އޮކްޓޫބަރު 1997 ވީ ބުދަ ދުވަހުގެ އިރުއޮއްސި 7:20 ގައި މާލޭ އައިޖީއެމް ހޮސްޕިޓަލުގައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައި ޝިހާބު ފުރަތަމަ އަދާކުރީ ޕްރައިމަރީ ސްކޫލްސް ސުޕަވައިޒަރު ކަމެވެ. އެދުވަސްވަރު ޝިހާބު ވަޒީފާ އަދާކުރީ ފަހުން އިލެކްޝަންސް ކޮމިޝަން ގެ ސެކެޓްރީ ޖެނެރަލް، ޑރ. އަޙުމަދު ޢަލި ދީދީގެ އަރިހުގައެވެ. އަދި އޭގެފަހުން 1994 ވަނަ އަހަރު އިންޑިޔާގެ ދިއްލީގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ގައި އިންޓަރނޭޝަނަލް ޑިޕްލޮމާ އިން އެޑިޔުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ކޯސް ފުރިހަމަކޮށް، އެޑިޔުކޭޝަން މިނިސްޓްރީ ގެ ރާއްޖެތެރޭގެ ސްކޫލްތަކާއި ބެހޭ ބައިގެ އެސިސްޓެންޓް ޑިރެކްޓަރުގެ ވަޒީފާޔަށް ނިކުތެވެ. އޭގެފަހުން ރާއްޖެތެރޭގެ ސްކޫލްތަކާއިބެހޭ ބައިގެ ޑިޕިއުޓީ ޑިރެކްޓަރު ކަމުގެ ވަޒީފާ އަދާކުރިއެވެ. ޝިހާބު މިވަޒީފާތައް އަދާކޮށްފައިވަނީ ފަހުން ވިލާކޮލެޖުގެ ރެކްޓަރ، ޑރ. އަޙުމަދު އަންވަރު ގެ އަރިހުގައެވެ.
16 އޮގަސްޓް 2001 މ. ގައި ޝިހާބު ދަމާސް ކުންފުނީގެ ވަޒީފާޔަށް ނިކުތެވެ. ޝިހާބުވަނީ އެކުންފުނީގެ ހިޔުމަން ރިސޯސް މެނޭޖަރު ކަމާއި ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު ކަމުގެ ވަޒީފާ އަދާކޮށްފައެވެ. އަދި މިހާރު ޝިހާބަކީ ދަމާސް ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެވެ.
މަރުހަބާ ޝިހާބު ވަރަށް ކާމިޔާބު ބޭފުޅެއްތިއީ އަލޫގަނޑު ސްކޫލަގައި އުނު ދުވަސްވަރު މިނިސްޓްރީން ތަފާތު ޓިމްތައް ސްކޫލަށް އާދެ ނނަމަވެސް ތިޔަބޭފުލާގެ ޓީމް ވަރުގެ ޓީމެއް އަޅުގަނޑަކަށް ނުފެނޭ ވަރާސް ހިންގުތރި ބޭފުޅެއްތީ މިނިސްޓްރީގެ ރަންދައުރު އެއީ
Inspiring. I wish you happiness always.